މީގެ ކުރިން މަސްވެރިންގެ ޙައްޤުތައް ހޯދުމަށް ބޭއްވި އެއްވުމެއްގެ ތެރެއިން
މީގެ ކުރިން މަސްވެރިންގެ ޙައްޤުތައް ހޯދުމަށް ބޭއްވި އެއްވުމެއްގެ ތެރެއިން
ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މާދަމާއިން ފެށިގެން ކޮންޓްރޯލެއް ނެތި މަސްގަތުމަށް ނިންމައިފިއެވެ.

މިފްކޯއިން މިއަދު ބުނީ މާދަމާއިން ފެށިގެން ކޮންޓްރޯލެއް ނެތި މިފްކޯގެ މަސްގަންނަ ހުރިހާ ސެންޓަރަކުންވެސް މަސް ގަންނާނެ ކަމަށެވެ. އަދި މަސްގަތުން ކޮންޓްރޯލް ކޮށްފައިއޮތް ދުވަސްކޮޅު މަސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް މިފްކޯއިން ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

މީގެ ކުރިން މިފްކޯއިން ވަނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓު ފަހަރަށް މަސްކިރުވަމުން އަންނާތީ، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުންދާ ކަމަށް ބުނެފައެވެ. އެހެންކަމުން މިދިޔަ މަހު ދޯންޏަކުން 4 ޓަނު މަސް ގަތުމަށް މިފްކޯއިން ނިންމިއެވެ.

ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް މަސްވެރިންބާނާ މަސްކޮޅު ބަރާބަރަށް ނުކިރުމާއި މަހަށް ހަމައަގު ނުލިބުމާއި އައިސް ލިބުމުގައި ހުރި މައްސަލަތައް ހައްލު ނުކޮށްދެވޭ ކަމަށް ބުނެ މަސްވެރިން ގެންދަނީ އަޑުއުފުލަމުންނެވެ. އަދި މަސްވެރިންގެ ޝަކުވާ ބޮޑުވެ މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަޙީދު މަޤާމުން ވަކި ކުރަސްވަން ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުގެ މަސްދަރުތަކުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން