ރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެ ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 74 އަށް އަރައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 39 އަހަރުގެ ދިވެއްސެކެވެ.
މިއާއެކު ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 74 އަށް އަރާފައެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައިވަނީ 65 ދިވެހިންނާއި، 9 ބިދޭސީންނެވެ. މިހާތަނަށް ރާއްޖެއިން 29،835 މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑްގެ ދިފާޢީ ވެކްސިން ކެމްޕޭނަށް ލިބެމުންދާ ބޮޑު ތަރުހީބާއެކުވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދާ ކަމަކަށް އަދި ނުބެލެވެއެވެ. މީގެއިތުރުން މިހާރު ދީފައިވާ ލުއިތަކާއެކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ލަފާކުރެވިފައިވާއިރު އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ 1500 އަށް ވުރެ މައްޗަށް ޖެހިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު