އއ. ރަސްދޫ
އއ. ރަސްދޫ
އއ. ރަސްދޫ ކައުންސިލްގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ކައުންސިލް ހުއްޓުމަކަށް އައިސްފިއެވެ.

ރަސްދޫ ފްލޫ ކްލިނިކަށް އިއްޔެ ދެއްކި ފަސް މީހަކު ކޮވިޑަށް ޕޮޒިޓީވް ވެފައިވާތީ ވަކިގޮތެއް އަންގަންދެން އެރަށަށް މީހުން އެރުމާއި އެރަށުން މީހުން ފޭބުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

ރަސްދޫ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައިވަނީ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކައުންސިލްގެ މުވައްޒަފުން ހިމެނޭތީ ކައުންސިލްގެ ހުރިހާ މުވައްޒަފުންވެސް ގޭގައި ތިބުމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލަށް ޙާޟިރުވެ ދޭންޖެހޭ ޚިދުމަތްތައް ދެވެން ނެތްކަމަށް ރަސްދޫ ކައުންސިލްގެ ބަޔާނުގައި ވެއެވެ.



އަދި ކޮންމެހެން ހޯދަންޖެހޭ ޚިދުމަތްތައް ކައުންސިލްގެ އީމެއިލް އަށް މެއިލް ކުރަށްވައިގެން ހޯއްދެވުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ރަސްދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ރަސްްދޫގެ އިތުރުން އެ އަތޮޅު އުކުޅަހާއި، މަތިވެރިވެސް މިވަގުތު އޮތީ މޮނިޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން