ޝިޔާމް (މ). އެޗްޕީއޭގެ އެންގުމާ ޚިލާފަށް އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ޝިޔާމް (މ). އެޗްޕީއޭގެ އެންގުމާ ޚިލާފަށް އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ރާއްޖޭގައި ކޯވިޑް-19 ބޮއްސުންލީ ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާތީ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަތޮޅުތެރޭގެ ރަށްރަށުގައި ކޯވިޑްގެ ބިރުވެރިކަން ބޮޑުވެފައިވާތީ އެކަމާ ގުޅިގެން މެމްބަރު ޝިޔާމް ވިދާޅުވީ، ކޯވިޑްގެ ކަންކަން ރާއްޖޭގައި ބޮއްސުންލާފައިވަނީ ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރުގެ ސިޔާސީ ނުފޫޒު ކަމާބެހޭ އިދާރާތަކަށް އިންތިހާއަށް ފޯރާފައިވާތީ ކަމަށެވެ.

މިހާރު ގިނަ ޢަދަދެއްގެ ޕޮޒިޓިވް ކޭސްތަކެއް ފެންނަމުންދާ އއ. މަތިވެރީގައި ކޮވިޑް ޖެހިފައިވާ މީހުންނަށް ފަރުވާ ދެވޭނެ އެކަށީގެންވާ ވަސީލަތްތަކާއި ޑޮކްޓަރުން ނެތުމުގެ ޝަކުވާތަކަށް އަލި އަޅުވާލަމުން ޝިޔާމް ބުނެފައިވަނީ، މަތިވެރިއާއި ކޯވިޑްގެ ޙާލާތު ގޯސްވެފައިވާ އެހެން ރަށްރަށަށްވެސް ސަރުކާރުން އިތުރު ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

މަތިވެރިން ކޯވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ބައެއް މީހުންނަކީ އއ. ބޮޑުފުޅަދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންނެވެ. އެރަށުން ގިނައިން ޕޮޒިޓިވް ވެފައި ވަނީ ތަރުތީބެއް ނެތި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭއިން ވަނީ ވަކި ގޮތެއް އަންގަންދެން ރަށަށް އަރައި ފޭބުން މަނާކޮށްފައެވެ.

މަތިވެރީ ސިއްޙީ މަރުކަޒުން ބުނެފައިވަނީ އެރަށުން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 221 މީހުން ކަމަށެވެ. މިއަދު އެރަށުން 24 މީހުން ޕޮޒިޓިވް ވެފައިވާއިރު، މިވަގުތު އެރަށުގައި އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 210 މީހުންނެވެ. އަދި ނަތީޖާ ނުލިބޭ 53 ސާމްޕަލެއް ވާކަމަށާއި، 11 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް މަތިވެރީ ސިއްޙީ މަރުކަޒުން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން