ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭ އިން ބުނީ ކުޅުދުއްފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ އެ ރަށް މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމީހާ އާއި ކޮންޓެކްޓްވި ދެމީހަކުވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ސިޓީން ޕޮޒިޓިވް ވެފައި ވަނީ ދެ އަންހެނުންނާއި ފިރިހެނެކެވެ. މި ކަމާގުޅިގެން އެރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން ވަކިގޮތެއް އަންގަންދެން އެރަށަށް މީހުން އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

ކުޅުދުއްފުށިން ޕޮޒިޓިވް ބަޔަކު ފެނުމާ ގުޅިގެން ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް ކޭސްތަކެއް ފެނިފައިވާތީ މިވަގުތުވެސް އަތޮޅުތެރޭގެ 24 ރަށަކަށް ވަނީ އަރައިފޭބުން މަނާކޮށްފައެވެ. މާލެ އަށްވުރެ ބޮޑަށް ކޮވިޑް މިހާރު ފެތުރެން ފަށާފައިވަނީ ރާއްޖޭގެ އަތޮޅުތަކުގައެވެ. މިވަގުތުވެސް އަތޮޅުތަކުގައި ކޮވިޑްގެ 1600 އެކްޓިވް ކޭސް އުޅޭކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން