ރައީސް އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުގައި މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ފޯކަސް ހުރީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރައީސް ޞާލިޙްގެ ފޯކަސް ހުރީ ސަރުކާރުގެ ވަޢުދުތައް ފުއްދުމާއި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ހިސާބަކަށް ގެންދިއުމަށް ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަކީ މިވަގުތު އެންމެ އިސްކަން ދެއްވާ ކަންތައް ނޫން ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައީސަށް މެސެޖެއް ފޮނުއްވި ކަމަށާއި، އެ މަޝްވަރާތަކަށް އަބަދުވެސް ހުޅުވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް މި ދަނޑިވަޅުގައި ރައީސްގެ ފޯކަސް ހުރީ އެހެނިހެން ކަންކަމަށް ކަމަށާއި، ޕަބްލިކް ރެފަރެންޑަމަކަށް ދާން ޖެހޭނަމަ ރައީސް އެކަންވެސް ކުރަށްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން