ކޯވިޑް-19 ފްރަންޓްލައިން ޚިދުމަތްތެރިންތަކެއް
ކޯވިޑް-19 ފްރަންޓްލައިން ޚިދުމަތްތެރިންތަކެއް
ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލޭ ސަރަޙައްދުގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް ކާފިއު އިޢުލާނު ކުރުމަށް ސަރުކާރުން ތައްޔާރު ވެފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ސަރުކާރުން ވަނީ އެޗްޕީއޭގެ ލަފައާއި އެއްގޮތަށް މާލޭ ސަރަޙައްދުގައި ކާފިއު އިޢުލާނު ކުރުމަށާއި، އޮފީސްތައް ބަންދު ކުރުމަށް އެއްބަސްވެފައެވެ. އަދި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރުވެސް ވިދާޅުވެފައިވަނީ ސްކޫލްތައް ބަންދުކުރުމާ ގުޅޭގޮތުން އެޗްޕީއޭއިން ވަރަށް އަވަހަށް ނިންމެވުމެއް ނިންމަވާނެ ކަމަށެވެ.

ސަރުކާރުގެ އިތުބާރު ހުރި ފަރާތަކުން މި ނޫހަށް މަޢުލޫމާތު ދެއްވާފައިވަނީ މާލެ ލޮކްޑައުން ކުރުމަށް އެޗްޕީއޭއިން ހުށައެޅި ހުށައެޅުން ސަރުކާރުން ޤަބޫލު ކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން ވިސްނަވަނީ ކާފިއު އިޢުލާނުކޮށް މީހުން ތޮއްޖެހުމަށް ހުރި ދޮރުތައް ބަންދު ކުރުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރަން މަޝްވަރާ ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުވެސް މިއަދު ވަނީ ވިދާޅުވެފައެވެ. އެޗްޕީއޭއިން އިއްޔެ ވަނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުންވެސް މަނާކޮށްފައެވެ.

ރާއްޖޭގައި ކޯވިޑްޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެވެސް ރާއްޖެއިން ވަނީ 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. އަދި ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 30745 އަށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 172 މީހުންނަށެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 134 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 25068 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން