ރާއްޖޭގައި ގޯސްވެފައިވާ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި، ވީހާވެސް އަވަހަށް ފިޔަވަޅުތައް އަޅަން ފެށުމަށް، ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އަނެއްކާވެސް މިއަދު ގޮވާލައްވައިފި އެވެ.

އަތޮޅުތަކާއި ވެރިރަށް މާލޭގައިވެސް ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި، ރައީސް މައުމޫން ވިދާޅުވީ ރަށްރަށަށް ދަތުރުފަތުރުކުރުން މަނާކުރުމަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. ރޭ އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ރީޓްވީޓު ކުރައްވައި، އެމަނިކުފާނު ވަނީ އަތޮޅުތައް، އަދި ވަކިން ޚާއްސަކޮށް މާލޭގައި މިހާރުން މިހާރަށް ފިޔަވަޅު އަޅަން ރައީސް އޮފީހަށާއި، އެޗްޕީއޭއަށް ގޮވާލައްވައިފަ އެވެ.



"މާލޭގައި ލަސްނުކޮށް މިހާރަށް މިހާރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ، ނޫނީ މާ ލަސްވެދާނެ." ރައީސް މައުމޫން ވިދާޅުވިއެވެ.

ކޮވިޑް-19 އިގެ ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާތީ ކޭސްތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާ ކުރަމުން ދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ.

ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް ނަންބަރުތައް ވަނީ 500 އިން މައްޗަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން