ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު
ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ މަޤާމުން ޒަހާ ވަޙީދު ވަކި ކޮށްފިއެވެ.

ޒަހާ މަޤާމުން ވަކި ކުރެއްވިކަން އަންގަވާފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި މިނިސްޓަރ ކަމުން ވަކި ކުރެއްވުމަށްފަހު ޒަހާއަށް ސަރުކާރުގެ އެހެން މަޤާމެއް ވަނީ ދެއްވާފައެވެ. ޒަހާއަކީ ސަރުކާރު ކޯލިޝަންގެ އެމްއާރުއެމްގެ ފަރާތުން ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ޒަހާ މަޤާމުން ވަކިކުރަށްވާފައިވާއިރު ރައީސް ޞާލިޙް ގެންދަވަނީ ކެބިނެޓަށް ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް ކުރަށްވަމުންނެވެ. ޒަހާ ވަޒީރުކަމުން ވަކިކުރެއްވުމުން މިހާރު ކެބިނެޓްގައި ތިއްބެވީ އެމްއާރުއެމްގެ ދެ ވަޒީރުންނެވެ.

ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ކެބިނެޓްގައި މިހާރު ތިއްބެވީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ދެވަޒީރުންނާ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ތިން ވަޒީރުންނެވެ. ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ވަކިކުރިފަހުން އެމަގާމު އަދި އޮތީ ހުސްކޮށެވެ. އެ ސްލޮޓް ޖުމްހޫރީ ޕާޓީއަށް ދެން ލިބޭނެ ކަމުގެ އެއްވެސް އިޝާރާތެއް އަދި ސަރުކާރުން ދީފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީއަށް ދީފައިވާ ހެލްތު މިނިސްޓަރގެ ސްލޮޓްވެސް ފަހުން ދިނީ އެމްޑީޕީގެ މެންބަރަކަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން