ށ. ނަރުދޫން އިތުރު ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ނަރުދޫން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރައިފައެވެ.
ރޭ އެރަށުން ޕޮޒިޓިވްވެފައިވަނީ އަންހެނަކާއި އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ އަންހެން މީހާއަކީ މީގެ ކުރިން އެރަށުން ބައްޔަށް ޕޮޒިޓިވްވި މީހެއްގެ އަންހެނުންނެވެ.
ނަރުދޫން މީގެ ކުރިން މި ރޯގާ އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެރަށަށް މާލެއިން ދަތުރުކުރި އަމާޒު ބޯޓުގެ ކައްޕި އާއި އޭނާގެ އަންހެނުންނާއި އެ ދެމެފިރިންގެ ތިން ދަރީންނާއި، ކައްޕިއާ އެއް ގެއެއްގައި އުޅޭ އަންހެނަކާއި، ބޯޓުގައި މަސައްކަތްކުރާ ދެ ފަޅުވެރިއެކެވެ. އެ ދެ ފަޅުވެރިންނަކީވެސް ކައްޕިއާ އާއިލީ ގޮތުން ގުޅިފައިވާ ދެމީހުންނެވެ.
ނަރުދޫން މީގެ ކުރިން ޕޮޒިޓިވްވި މީހުން ވަނީ ހއ. ދޮނަކުޅީގައި ހިންގަމުންދާ ހައިޑް އަވޭ ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކޮށްފައެވެ.
އަމާޒު ބޯޓުުން ދަތުރުކުރި މީހުންގެ ކޮންޓެކްޓް ޓްރޭސްގެ ތެރެއިން 118 މީހުން ދެނެގަނެވިފައިވާކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި އަމާޒު ބޯޓްގެ ކްލަސްޓާއަކީ ވަރަށްބޮޑު ކްލަސްޓަރ އަކަށްވުން އެކަށީގެންވާކަމަށާ މިބޯޓުގައި ދަތުރުކުރި އެންމެންނާ ސީދާ ދިމާވި މީހުން ހޯދުމުގެ މަސައްކަތްއަދިވެސް ކުރަމުން އަންނަކަމަށް އެންއީއޯސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު