ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ
ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ސަލާމަތީ ޚިދުމަތްތަކުގެ ބޭނުން ހިފުމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ކޯވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެ ބަލިފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ދީދީ ވިދާޅުވީ، ކޮވިޑާ ގުޅިގެން އަޅާފައިވާ އާ ފިޔަވަޅުތައް ތަންފީޒު ވުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށާއި، އެކަމުގައި ސިފައިންގެ ބޭނުން ހިފުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

ކޮވިޑްގެ ޙާލަތު ކޮންޓްރޯލް ކުރެވޭނީ އެންމެން ޤަވާއިދުތަކަށް ބޯލަނބައިގެން ކަމަށާއި، މި ރާއްޖޭގައި އެކަން ތަންފީޒް ކުރެވޭނީ ސަލާމަތީ ޚިދުމަތްތަކަށް ކަމަށް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.

"ހަނގުރާމަކުރަން ނުޖެހޭ ވަގުތު ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަމުގައި ސަލާމަތީ ޚިދުމަތުގެ ބޭނުން ކުރަން ޖެހޭ." ޖެނެރަލް ޑީޑީ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާތީ އެޗްޕީއޭއިން މިހާރު ވަނީ މިއަދުން ފެށިގެން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިއްމައި އެކަން އިއުލާންކޮށްފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ބަލިޖެހިފައި ތިބި މީހުންގެ އަދަދު މިހާރުވަނީ 6،508 އަރާފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 440 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 161 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 19 މީހަކާއި، އަތޮޅުތެރޭގެ ރަށްތަކުން ޕޮޒިޓިވްވި 141 މީހަކު ހިމެނެއެވެ.

ރޭ ސަރުކާރުން ބުނެފައިވަނީ އެޑްމިޓްކުރަންޖެހޭ މީހުން އިތުރުވެ ދަރުމަވަންތައިގެ އައިސީޔޫ ފުރިފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފެސިލިޓީ ވެސް ފުރުމަކާ ގާތްވެފައިވާ ކަމަށް ސަރުކާރުން ބުނެފައި ބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން