ކ. ހުރާ ސިއްޙީ މަރުކަޒު
ކ. ހުރާ ސިއްޙީ މަރުކަޒު
މާލެ އަތޮޅު ހުރާ އިން ކޯވިޑް-19 އަށް ޕޮޒިޓިވް ވީ އެންމެން ބަލިން ރަނގަޅުވެ އެރަށް އާއްމު ޙާލަތަށް ގެނެސްފިއެވެ.

ހުރާ މޮނިޓަރިންގއަށް ލާފައިވަނީ ޑޮކްޓަރަށް ދެއްކުމަށް އެރަށުން މާލެ ދިޔަ 72 އަހަރުގެ ފިރިހެނެއް މާޗް މަހުގެ 23 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން އެރަށުގައި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ގެންގޮސް، 1122 ސާމްޕަލް ނަގާފައިވެއެވެ.

ހުރާ ސިއްޙީ މަރުކަޒުން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި އެރަށުން ބައްޔަށް ޕޮޒިޓިވްވި 175 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ފަހަކަށް އައިސް ރާއްޖޭގެ އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ދަނީ ކޯވިޑް-19 ފެންނަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 31،931 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން