މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު
މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު
މާލޭސީޓީގެ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރުމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މިއަދުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އިއްޔެވެސް ރާއްޖެއިން ހަސަތޭކަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 440 މީހަކު ހިމެނިފައިވާތީ ޑރ. މުޢިއްޒު ވަނީ މާލޭސީޓީގެ ރައްޔިތުން ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލައްވާފައެވެ.

އެހެން ނަމަވެސް މާލޭގައި، ކޮވިޑްގެ ޙާލަތު މިވަނީ ރައްޔިތުންގެ "ފަރުދީ ޒިންމާ" އަދާކުރުމަކުން އެކަނި ޙައްލުވާ މިންވަރަށްވުރެ ގޯސްވެފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެންމެ ބޮޑަށް އިސްލާޙު ކުރަންވީ ސަރުކާރުގެ މިކަމާ ގުޅުންހުރި ސިޔާސަތުތައް ކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.

"މިކަން މިހެން އޮތްނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަަަޅާ، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ބޯލަނބާ، "ފަރުދީ ޒިންމާ" އަދާކުރުމުގައި މިސާލު ދައްކާ ބައެއްގެ ގޮތުގައި ވުމަށް މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން." ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.



ރާއްޖޭގައި ފަހަކަށް އައިސް، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާތީ އެޗްޕީއޭއިން މިހާރު ވަނީ މިއަދުން ފެށިގެން ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 6،508 ގައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 440 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 161 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން