ކޮވިޑުން ރައްކާތެރިވުމަށް ސަބަބުތަކުގައި ހިފުމަށް ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު ގޮވާލައްވައިފި އެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މިއަދުން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ބުއްދިވެރިގޮތަކީ ސަބަބުތަކުގައި ހިފައިގެން ރައްޔިތުން ފަރުދީ ޒިންމާ އަދާކުރުން ކަމަށެވެ.
މީގެ އިތުރުން ކޯވިޑްގެ ހަތަރުވަނަ ރާޅު ބިންދާލުމުގެ ފަހަތުގައި ވަނީ، ދިވެހިންގެ ސިޔާދަތީ ބާރު ގެއްލިފައިވުން ކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވިއެވެ. ކޯވިޑުން ރައްކާތެރިވުމަށް ރާއްޖެއިން އިންޑިއާގެ ވެކްސިނަށް ބަރޯސާވެފައި ވަނިކޮށް އިންޑިއާގެ ޙާލަތު ގޯސްވެ ވެކްސިން ލިބުން މިހާރު ވަނީ ހުއްޓިފައެވެ. އަދި އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ޖެހުންވެސް ރާއްޖޭގައި މިވަގުތު ވަނީ ހުއްޓާލާފައެވެ.
އެޗްޕީއޭއިން އިއްޔެ ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތު މުޅި ދުނިޔޭގައިވެސް ގޯސްވުމުގެ ސަބަބުން ވެކްސިން ލިބުމުގައި ހުރިހާ ޤައުމުތަކަށްވެސް ދަތިތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޚާއްޞަކޮށް އެންމެ ގިނައިން ވެކްސިން އުފައްދާ އިންޑިޔާގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން، ވެކްސިން ހޯދުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ކުރިމަތިވި ދަތިކަން ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައިވެއެވެ. އަދި ވެކްސިންގެ އިތުރު ޑޯޒްތައް ލިބެންދެން، އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑު ވެކްސިން ޖަހައިދިނުން މެދުކަނޑައިލަން ނިންމާފައިވާ ކަމަށް އެޗްޕީއިން ބުނެ އެވެ.
މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ ކޮވިޝީލްޑުގެ 300،000 ޑޯޒެވެ. އެއީ އިންޑިޔާ ސަރުކާރުން ހަދިޔާކުރި 200،000 ޑޯޒާއި، އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން ގަތުމަށް އެއްބަސްވި 300،000 ޑޯޒުގެ ތެރެއިން 100،000 ޑޯޒެވެ. މީގެއިތުރުން ރާއްޖޭގައި ދެން އާންމުކޮށް ޖަހަމުން ގެންދަނީ ޗައިނާގެ ސިނޮފާމް ކޮވިޑް ވެކްސިނެވެ.

Covid19 ge 4 vana raalhu mivanee bindhaalaafai. Mibali control kurumugai ves midhimaavee Dhivehinge siyaadhathee baaru gellifaivaa massala! Hamaekani oiy, adhi emme budhdhiveri gothakee farudhee zimmaa adhaakurun. Balin rakkaatheri vumattakai sababuthakugai hifanjehey! Stay safe!
— Adam Shareef Umar (@Adamshareefz) May 5, 2021
އެޗްޕީއޭއިން އިއްޔެ ބުނެފައިވަނީ ކޮވިޑް-19ގެ ހާލަތު މުޅި ދުނިޔޭގައިވެސް ގޯސްވުމުގެ ސަބަބުން ވެކްސިން ލިބުމުގައި ހުރިހާ ޤައުމުތަކަށްވެސް ދަތިތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޚާއްޞަކޮށް އެންމެ ގިނައިން ވެކްސިން އުފައްދާ އިންޑިޔާގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން، ވެކްސިން ހޯދުމުގައި ދުނިޔޭގެ އެހެން ޤައުމުތަކަށް ކުރިމަތިވި ދަތިކަން ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައިވެއެވެ. އަދި ވެކްސިންގެ އިތުރު ޑޯޒްތައް ލިބެންދެން، އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑު ވެކްސިން ޖަހައިދިނުން މެދުކަނޑައިލަން ނިންމާފައިވާ ކަމަށް އެޗްޕީއިން ބުނެ އެވެ.
މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ ކޮވިޝީލްޑުގެ 300،000 ޑޯޒެވެ. އެއީ އިންޑިޔާ ސަރުކާރުން ހަދިޔާކުރި 200،000 ޑޯޒާއި، އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން ގަތުމަށް އެއްބަސްވި 300،000 ޑޯޒުގެ ތެރެއިން 100،000 ޑޯޒެވެ. މީގެއިތުރުން ރާއްޖޭގައި ދެން އާންމުކޮށް ޖަހަމުން ގެންދަނީ ޗައިނާގެ ސިނޮފާމް ކޮވިޑް ވެކްސިނެވެ.
ކިޔުންތެރިންގެ ހިޔާލު