މާލޭ ޖަލު
މާލޭ ޖަލު
ޖަލުތަކުގައި ބަންދުކޮށްފައިވާ 25 ގައިދީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނުން ބުނީ، ޖަލުތަކުން 25 ގައިދީން ޕޮޒިޓިވް ވުމުގެ އިތުރުން، މުވައްޒަފުންނާއި އޮފިސަރުންގެ ތެރެއިން 53 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ޖަލުތަކުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 78 އަށް އަރާފައެވެ. އަދި 114 މީހުން ކަރަންޓީނުކޮށްފައިވާކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަންގެ ތަފާސްހިސާބު ދައްކާގޮތުން، ހުޅުމާލެ ޖަލުން އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. އަދި މާލޭ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން، 4 މީހަކު ޕޮޒިޓީވްވެފައިވާއިރު 20 މީހުން ވަނީ ކަރަންޓީނު ކޮށްފަ އެވެ. އަދި އެޖަލުން 25 ގައިދީން ޕޮޒިޓިވް ވުމާއެކު 17 މީހަކު ވަނީ ކަރަންޓީނު ކޮށްފައެވެ.



މާފުށީ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 31 މީހަކު ޕޮޒިޓިވްވެފައި ވާއިރު 77 މީހުން ވަނީ ކަރަންޓީނު ކޮށްފައެވެ. އަދި ގައިދީންގެ ތެރެއިން އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. މީގެ އިތުރުން އައްސޭރި ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 18 މީހުން ޕޮޒިޓިވް ވެފައިވާއިރު ގައިދީންގެ ތެރެއިން އެއްވެސް މީހެއް ޕޮޒިޓިވް ވެފައި ނުވާކަމަށް ކަރެންޝަނުން ބުނެ އެވެ.

ކަރެކްޝަނުން ބުނީ ހުރިހާ ޖަލަކުން 53 މުވައްޒަފުން ޕޮޒިޓިވްވެފައިވާ އިރު 97 މުވައްޒަފުން ކަރަންޓީނުގައި ތިބިކަމަށާއި 25 ގައިދީއަކު ޕޮޒިޓިވްވެ 17 ގައިދީން ކަރަންޓީނުގައި ތިބި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން