ނޭޝަނަލް ޑްރަގް އެޖެންސީ
ނޭޝަނަލް ޑްރަގް އެޖެންސީ
"ނޭޝަނަލް ޑްރަގް އެޖެންސީ" ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ 26 މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާ ގޮތަށް ހަމަޖައްސަވާފައިވާ "ނޭޝަނަލް ޑްރަގް އެޖެންސީ"އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ، ފަޚުރުވެރި ދިވެހި ޢާއިލާ އެއް ދިވެހި އެންމެހާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސްތުވާތަކެއްޗަށް ހުޅުވާލެވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކޮށް ތަންފީޒީ އިދާރާތަކަށް އޮންނަ ނޭއްގާނީ ނުފޫޒުތައް ކަނޑުވާލައި، މިނިވަންކަމާ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރެވޭނެ ޖާގަ ހޯދައިދިނުމަކީ މިސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭކަމެއް ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައުއަށް ގެނައުމަށާއި އެކަމާ ގުޅޭ ފަރުވާތައް ދިނުމަށް އުފައްދާފައިވާ ނޭޝަނަލް ޑްރަގް އޭޖެންސީ އިސްލާހުކުރަން ގޮވާލާ އަޑުތައް ގަދަވެފައިވާއިރު، މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާ "ހޭންޑްސް ޓެގެދާ" އިން ދާދި ފަހުން ވަނީ މަޖިލީހަށް 1050 މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއްވެސް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން