އަހުމަދު ހަމްދާން (ވ) އަށް މަޤާމުގެ ފަތްކޮޅު ދެއްވަނީ
އަހުމަދު ހަމްދާން (ވ) އަށް މަޤާމުގެ ފަތްކޮޅު ދެއްވަނީ
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަހުމަދު ހަމްދާން ހަމަޖައްސަވައިފިއެވެ.

ހަމްދާން އެ މަޤާމަށް ޢައްޔަނު ކުރަށްވާފައިވަނީ މީގެ ކުރިން އެ މަޤާމުގައި ހުންނެވި އާމިނަތު ޝައުނާ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ މަޤާމަށް މިއަދު އައްޔަނު ކުރަށްވައި، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ފަށްޓަވާފައިވާ ބަދަލުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

ހަމްދާން ވަނީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވަސިޓީން ޕޮލިސީ ސްޓަޑީޒް އިން ބެޗްލާސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. އަދި ޔުނިވަސިޓީ އޮފް މެންޗެސްޓާ އިން ޑިމޮކްރަސީ އެންޑް އިލެކްޝަންސްގެ ދާއިރާއިން މާސްޓާޒް ޑިގްރީއެއް ހާސިލް ކުރައްވާފައި ވެއެވެ. މީގެ އިތުރުން އޭނާ ވަނީ މަދަނީ ޖަމްއިއްޔާތަކުގައި މަސައްކަތް ކުރައްވާފައެވެ.

އަދި ލެކްޗަރަރ އެއްގެ ޙައިސިއްޔަތުން މަންދު ކޮލެޖާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައިވެސް މަސައްކަތް ކުރަށްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން