އަހުމަދު ޝާހް   5 މޭ 2021 - 17:25
ޒަހާ ވަޙީދު
ޒަހާ ވަޙީދު
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު އެ މަޤާމުން މިއަދު އިސްތިޢުފާދެއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ޒަހާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައި ކަމަށެވެ.

ވަޒީރުކަމުން ޒަހާ މިއަދު އިސްތިޢުފާ ދެއްވާފައިވާއިރު، ޒަހާ ވަޒީރުކަމުން ވަކިކުރެއްވި ކަމުގެ ޚަބަރު އިއްޔެރެއިން ފެށިގެން މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ޒަހާ މަގާމުން އިސްތިއުފާދެއްވުމުން ފިޝަރީޒް މިނިސްޓަރު ކަމަށް މިއަދު ވަނީ އެންވަރަންމެންޓް މިނިސްޓަރގެ މަގާމުގައި ހުންނެވި ޑރ. ޙުސައިން ރަޝީދު ޢައްޔަނު ކުރަށްވާފައެވެ.

ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި އެމަސައްކަތް ފަށާފައި ވާއިރު މިއަދުވެސް ވަނީ ބައެއް ބަދަލުތައް ސަރުކާރުގެ ހިންގުމަށް ގެންނަވައި ބައެއް އިދާރާތަކުގެ މޭންޑޭޓަށްވެސް ބަދަލު ގެންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

އުއްތަމަ އުސްތާޛް

11-May-2021

ޒަހާ ވަކި ކުރީ. ނަމަވެސް އޭނާ އެދުނީ އިސްތިއުފާ ދިނުމުގެ ފުރުސަތެއް



ޓްރެންޑިން