ރާއްޖޭގައި ކޯވިޑް-19 ގެ ސަބަބުން ޙާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީތެރިވުމަށް މޯލްޑިވްސް ރެޑްކްރެސަންޓުން ރިލީފް ފަންޑެއް ތައާރަފުކޮށްފިއެވެ.
ރެޑްކުރެސަންޓުން ކުރި ޓުވީޓެއްގައިި ބުނެފައިވަނި ވަނީ މި ފަންޑު ތައާރަފު ކޮށްފައިވަނީ އެ ޖަމިއްޔާގެ ކޯވިޑް-19 ރެސްޕޮންސް މަސައްކަތުގެ ތެރެއިން ކަމަށެވެ.
އެގޮތުން މިހާރު މި ފަންޑަށް ޑޮނޭޓް ކުރުމަށް ހުޅުވާލާފައިވާ ކަމަށް އެފަރާތުން ބުނެފައިވެއެވެ. އަދި މޯލްޑިވްސް ރެޑްކުރެސަންޓްގެ ބީއެމްއެލް އަދި އިސްލާމިކް ބޭންކްގެ ދިވެހި ރުފިޔާ އަދި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އެމްއާރުސީން ބުނެފައިވެއެވެ.
ބިދޭސީންނަށް އެހީތެރިވުމަށް އެމްއާރްސީން ރިލީފް ފަންޑެއް ތައާރަފުކުރި އިރު، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން 334 މީހުންނަކީ ބިދޭސީންނެވެ. އޭގެތެރެއިން 261 މީހުން ނިސްބަތް ވަނީ ބަނގްލަދޭޝް އަށެވެ.

ކިޔުންތެރިންގެ ހިޔާލު