ޑރ. މުޙައްމަދު ޢަލީ
ޑރ. މުޙައްމަދު ޢަލީ
ނޭޕާލުގައި ކިޔަވަންތިބި ދިވެހި ދަރިވަރުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ނޭޕާލުގައި ތިބި ދިވެހި ދަރިވަރުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށާއި، އެހެންކަމުން އެކަކު އަނެކަކުގެ ޙާލުބަލައި އެންމެން ގުޅިގެން އުޅުމަށް އެދިވަޑައިގެންފައި ވެއެވެ. މީގެއިތުރުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ވެސް ރިޕޯޓް ކުރަމުން ގެންދިއުމަށް ޑޮކްޓަރ އެދިވަޑައިގެންފައި ވެއެވެ.

ދިވެހި ދަރިވަރުން ތައުލީމު ހާސިލުކުރުމަށް ދާ އަވަށްޓެރި ގައުމުތަކުގައި ވަރަށް ބާރަށް ބަލި ފެތުރެމުން ދާއިރު އެ ދަރިވަރުން ތިބީ ނުރައްކަލުގައި ކަމަށް ޑރ. ވިދާޅުވިއެވެ.



ރާއްޖޭގައިވެސް ކޯވިޑް-19 މިހާރު ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެގޮތުން މިއަދުވެސް 700 އަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން