މުޙައްމަދު މަބްރޫކް ޢަޒީޒް
މުޙައްމަދު މަބްރޫކް ޢަޒީޒް
ހުޅުމާލެ ހޮސްޕިޓަލްގައި އިތުރު 50 އެނދު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ހުޅުމާލޭ ހޮސްޕިޓަލްގައި އެނދުތައް އިތުރު ކުރުމުގެ އިތުރުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީވެސް އަލުން އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ އިތުރުން މާލޭ ސަރަޙައްދުގައި އިތުރު ފްލޫ ކްލިނިކެއް ޤާއިމް ކުރާނެކަމަށާއި، އިތުރު ސާމްޕަލް ކަލެކްޝަން ސެންޓަރެއްވެސް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިޓީގައި ހުރި 171 އެނދު މިހާރު ފުރިފައިވާ ކަމަށާއި، ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީވެސް ފުލްވެފައިވާ ކަމަށެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ހުރި އިމަޖެންސީ އެނދުތައްވެސް ފުރިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިއަދުވެސް 700 އަށް ވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު އިތުރު ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް މަބްރޫކް ވަނީ މިރޭ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން