ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ
ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ
މާލޭ ސަރަހައްދުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ކާފިއު އިއުލާނު ކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނީ، ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 އިން ފެށިގެން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭގޮތަށް) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް ކަމަށާއި، ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޚިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ނިންމާފައި މިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ މިއަދުވެސް 700 އަށްވުރެ ގިނަމީހުން ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އަދި ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އިންތިޒާމް ކުރުމަށް ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން މިއަދު ވަނީ މަސައްކަތް ފަށްޓަވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން