ކާފިއު ވަގުތުގައިވެސް ފައިމަގުގައި ދަމުނަމާދަށް މިސްކިތަށް ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ މިރެއިން ފެށިގެން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭގޮތަށް) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައެވެ. އެކަމާ ގުޅިގެން ދަމު ނަމާދަށް މިސްކިތަށް ނުދެވިދާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.
އާއްމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ފައިމަގުގައި މިސްކިތަށް ދަމުނަމާދަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ނިންމާފައި މިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ މިއަދުވެސް 700 އަށްވުރެ ގިނަމީހުން ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އަދި ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އިންތިޒާމް ކުރުމަށް ސީދާ ރައީސުލް ޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން މިއަދު ވަނީ މަސައްކަތް ފަށްޓަވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު