ކޯވިޑް ގައި މިއަދު ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ޢަދަދު ފަހަކަށް އަރައިފިއެވެ.
ރަސް އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަތަރު ވަނައަށް ނިޔާވެފައިވަނީ ނައިފަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހެކެވެ. އެއީ ނައިފަރުން މިއަދު ނިޔާވި ދެވަނަ މީހާއެވެ. އޭގެ އިތުރުން މިރޭ ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 80 އަހަރުގެ މީހަކުވެސް ނިޔާވެފައެވެ. މިއާ އެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު ވަނީ 79 އަށް އަރާފައެވެ.
ރޭގެ ވަގުތެއްގައިވެސް ވަނީ ކޯވިޑް ޖެހިގެން ދިވެހި އަންހެނެއް ނިޔާވެފައެވެ. އަދި މިއަދު ނައިފަރުންވެސް ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެފައެވެ. މީގެއިތުރުން ރަސްދޫގައި ހުރި އިންޑިއާ މީހަކުވެސް ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ރާއްޖެއިން އިއްޔެ އެކަނިވެސް 734 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ގުރޭޓާ މާލެ ސަރަހައްދުންނެވެ. ކޮވިޑްގެ ހާލުބޮޑުވެ މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށްފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު