މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ
މާލޭގެ މަގުމަތީގައި ފުލުހުން ޙަރަކާތްތެރިވަނީ
ކޯވިޑް-19 ބާރަށް ފެތުރެމުން ދާތީ ފަސް ރަށެއްގައި ކާފިއު ހިންގުމަށް އެޗްޕީއޭ އިން ނިންމައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ޅ. ނައިފަރާއި ކ. މާފުއްޓާއި އއ. މަތިވެރި އަދި އއ. އުކުޅަހާއި ބ. އޭދަފުށީގައި ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެރަށްރަށުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.

މި ރަށްތަކުގައި ކާފިއު ހިންގުމުގެ އިތުރުން ޕާޓިތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި، އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމާއި ސެލޫންތަކާއި، ޖިމްތައް އަދި ބޯކޮށާތަންތަން ބަންދު ކުރު މަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އޭގެ އިތުރުން ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުން ހުއްޓާލުމަށާއި، އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ފިހާރަތަކުން ހިދުމަތް ދިނުންވެސް އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ މިއަދުވެސް 700 އަށްވުރެ ގިނަމީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އިންތިޒާމް ކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން އިއްޔެ ވަނީ މަސައްކަތް ފަށްޓަވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން