އެޗްއީއޯސީގެ ބައްދަލުވުމެއް ކުރިޔަށްދަނީ
އެޗްއީއޯސީގެ ބައްދަލުވުމެއް ކުރިޔަށްދަނީ
ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރުން މަޑުޖައްސާލުމަށް އެޗްޕީއޭ އިން އަންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިރޭ އާންމު ކުރެއްވި އެންގުމުގައި ވަނީ، 7 މެއި 2021 ވާ ހުކުރު ދުވަހުން ފެށިގެން، ވަކި ގޮތެއް އަންގަންދެން މާލޭ ސަރަހައްދުގައި ދައުލަތުގެ މުއައްސަސާތަކާއި، އިދާރާތަކާއި، އަމިއްލަ ވިޔަފާރި ކުންފުނިތަކާއި، އޮފީސްތަކަށް ކޮންމެހެން ނުކުމެގެން ކުރަންޖެހޭ ޟަރޫރީ މަސައްކަތްތައް ފިޔަވައި، އެހެނިހެން މަސައްކަތްތައް މުވައްޒަފުން ގޭގައި ތިބެގެން ރުމަށާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް އަންގާ ކަމަށެވެ.

މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ނިންމާފައި މިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ މިއަދުވެސް 700 އަށްވުރެ ގިނަމީހުން ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އަދި ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އިންތިޒާމް ކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން މިއަދު ވަނީ މަސައްކަތް ފަށްޓަވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން