ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް މިރޭދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިރޭ ޤައުމާ މުހާތަބު ކުރައްވަން ނިންމަވައިފިއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން މިރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބިދޭސީއެއް ވެސް ޒަހަމްވެފައިވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ، ރައީސް ޞާލިޙް މިރޭ ޓީވީތައް މެދުވެރިކޮށް ޤައުމާ މުހާތަބުކުރައްވާނެ ކަމަށެވެ.



ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ އދ އާއި ދިވެހި ސަރުކާރުން ކުށްވެރި ކޮށްފައިވާއިރު، މި މައްސަލަ މިހާރު ދިވެހި ފުލުހުންނާއި، ސިފައިން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި، އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކޮށްފައިވާއިރު، އެމަނިކުފާނު މިރޭވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއްވެސް ބާއްވަވާފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްވެސް މިވަގުތު ކުރިއަށް އެބަ ދެއެވެ. އަދި މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއްވެސް މިރޭ ވަނީ ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން