ފުވައްމުލައް ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ފުވައްމުލައް ހޮސްޕިޓަލް (ފޮޓޯ: ސޯޝަލް މީޑިއާ)
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް 2021 މޭ 7 ވަނަ ދުވަހުން ފެށިގެން، 7 ދުވަހުގެ މުއްދަތަށް، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ކާފިއު އިޢުލާނު ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި މިރެއިން ފެށިގެން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް

މީހުން ނުކުތުން މަނާކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ދެސިޓީގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށާއި، އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށް ވަނީ އަންގަވާފައެވެ. އަދި ފުވައްމުލައް ސިޓީގެ އެއް އަވަށުން އަނެއް އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.

ހަމައެއާއެކު އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމަށާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި، ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އަންގަވާފައިވެއެވެ.

އެޗްޕީއޭއިން އަންގަވާފައިވަނީ ފިރާތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ޚިދުމަތް ދިނުމަށާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަން ޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ އިއްޔެވެސް 700 އަށްވުރެ ގިނަމީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އިންތިޒާމް ކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ވަނީ މަސައްކަތް ފަށްޓަވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން