ކޮވިޑާ ގުޅިގެން ރަށްރަށަށް ކެއަރ ޕެކޭޖް ފޮނުވުން
ކޮވިޑާ ގުޅިގެން ރަށްރަށަށް ކެއަރ ޕެކޭޖް ފޮނުވުން
އެއްތަނުން އަނެއްތަނަށް ދަތުރު ކުރާ ފަރާތްތަކުން ކަރަންޓީނުވާން ޖެހޭ މުއްދަތު 14 ދުވަހަށް ބަދަލުކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގައި، ވަކި ގޮތެއް އަންގަންދެން، ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް ވަނީ އަންގާފައެވެ. މީގެ ކުރިން ކަރަންޓީނުވާން ޖެހޭ މުއްދަތަކީ 10 ދުވަހެވެ.

މިއީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެޅި ފިޔަވަޅެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ވަނީ، މާލޭ ސިޓީގައާއި، އައްޑޫ ސިޓީ އާއި، ފުވައްމުލަކު ސިޓީގެ އިތުރުން އަތޮޅު ތެރޭގެ ފަސް ރަށެއްގައި ވެސް ކާފިއު ހިންގާފަ އެވެ. މީގެ އިތުރުން މާލެ ފިޔަވައި އަތޮޅުތަކުގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީކަމެއްގައި މެނުވީ ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން