ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
މާލޭ ސަރަޙައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތައް މުއްދަތެއް ނެތްގޮތަށް ދަންމާލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރަށްވާ މިއަދު ނެރުނު އެންގުމުގައި، މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެއް ޑޭ ކެއާ ސެންޓަރުތަކާއި، ޓިއުޝަން ކްލާސްތަކާއި އަދި ޤުރުއާން ކްލާސް ބަންދުކުރަން ވަނީ އަންގާފައެވެ.

މީގެއިތުރުން މިއަދުން ފެށިގެން ވަކިގޮތެއް އަންގަންދެން ޔުނިވާސިޓީތަކާއި، ކޮލެޖްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ވަނީ އަންގާފަ އެވެ. މީގެކުރީން ވަނީ މިމަހު 15ގެ ނިޔަލަށް ސްކޫލްތަކުގައި އޮންލައިންކޮށް ކިޔަވައިދޭން އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ވަނީ، މާލޭ ސިޓީގައާއި، އައްޑޫ ސިޓީ އާއި، ފުވައްމުލަކު ސިޓީގެ އިތުރުން އަތޮޅު ތެރޭގެ ފަސް ރަށެއްގައި ވެސް ކާފިއު ހިންގާފަ އެވެ. މީގެ އިތުރުން މާލެ ފިޔަވައި އަތޮޅުތަކުގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީކަމެއްގައި މެނުވީ ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން