އަހުމަދު ޝާހް   8 މޭ 2021 - 2:19
ނ. ވެލިދޫ
ނ. ވެލިދޫ
ނ. ވެލިދޫގައި ޗުއްޓީ ހޭދަކުރަމުންދާ 16 ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭ އިން ބުނީ ވެލިދޫ ގައި ތިބި 16 ފަތުރުވެރިން ފުރުމުގެ ކުރިން ނެގި ސާމްޕަލުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ އެ ރަށް މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށެވެ. އަދި މި ކަމާގުޅިގެން މިހާތަނަށް 30 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި، އެމީހުންގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން ވަކިގޮތެއް އަންގަންދެން އެރަށަށް މީހުން އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

ވެލިދޫން ގިނައިން ޕޮޒިޓިވްވެފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ ފަތުރުވެރިންނެވެ. ޕޮޒިޓިވް ބަޔަކު ފެނުމާ ގުޅިގެން ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް ކޭސްތަކެއް ފެނިފައިވާތީ މިވަގުތުވެސް އަތޮޅުތެރޭގެ 28 ރަށަކަށް ވަނީ އަރައިފޭބުން މަނާކޮށްފައެވެ. މާލެ އަށްވުރެ ބޮޑަށް ކޮވިޑް މިހާރު ފެތުރެން ފަށާފައިވަނީ އަތޮޅުތަކުގައެވެ. މިވަގުތުވެސް އަތޮޅުތަކުގައި ކޮވިޑްގެ 1700 އެކްޓިވް ކޭސް އުޅޭކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން