ކޯވިޑްގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 83 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ މިރޭ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެނައި މީހަކު ނިޔާވެފައިވާ ކަމަށާއި، އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ޙަރަކާތެއް ނެތްކަމަށެވެ. އެމީހާ ކޮވިޑަށް ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު ވަނީ 83 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ވޭތުވެދިޔަ 48 ގަޑީއިރުގެ ތެރޭގައިވެސް ރާއްޖެއިން ވަނީ 8 މީހުން މަރުވެފައެވެ. އޭގެ އިތުރުން ރާއްޖެއިން މިއަދު އެކަނިވެސް 766 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެތެރެއިން 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ގުރޭޓާ މާލެ ސަރަހައްދުންނެވެ. ކޮވިޑްގެ ހާލުބޮޑުވެ މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށްފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު