އެޗްޕީއޭއިން ދަނީ ގޯހަކަށްފަހު ގޯހެއް ހަދަމުން ކަމަށް ޑރ. ޢަލީ ނިޔާފް ވިދާޅުވެއްޖެއެވެ.

އޭއެފްސީ ކަޕުގެ ގުރޫޕު ޑީއަށް ކޮލިފައިވުމަށް ކުޅޭ ފައިނަލް ކޮލިފިކޭޝަން މެޗުގައި ކުލަބް އީގަލްސްއާ ދެކޮޅަށް ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އައުމަށްފަހު އެޓީމުން ވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފުވެ މަގުމައްޗަށް ނުކުމެ އުޅެފައެވެ. އެކަމާ ގުޅިގެން ނުރުހުން ފާޅުކުރަށްވާ ޑރ. ޢަލީ ނިޔާފް ވިދާޅުވީ، މިކަމަށް ދައްކާނެ އެއްވެސް އުޒުރެއް އެޗްޕީއޭއަށް ނެތް ކަމަށެވެ. އަދި އެޗްޕީއޭއިން ދަނީ ގޯހަކަށްފަހު ގޯހެއް ހަދަމުން ކަމަށް ޑރ. ޢަލީ ނިޔާފް ވިދާޅުވިއެވެ.

"އިންޑިއާ ފުޓުބޯޅަ ޓީމެއް މާލެ އެރުމަށް ހުއްދަ ދިނުމަކީ ގޯހެއް. ހާއްސަ ހުއްދަ ދިނުން ހުއްޓާލާ. މިއީ ސައިންޓިފިކް ގޮތުންވެސް ހަމަޖެހޭ ކަމެއްތަ؟" ޑރ. ނިޔާފް ވިދާޅުވިއެވެ.



އިންޑިއާ ޓީމު ރާއްޖެ އައުމަށްފަހު އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް މާލޭގެ މަގުތަކަށް ނިކުތުމާ ގުޅިގެން އީގަލްސްއާއި ބެންގަލޫރު އެފްސީގެ މެޗް ރާއްޖޭގައި ނުކުޅެވޭނެކަން އެފްއޭއެމަށް މިހާރު އަންގާފައިވާ ކަމަށާއި، އަދި އެޓީމު ރާއްޖެއިން ވީއެންމެ އަވަހަކަށް ފުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ އެފްއޭއެމަށް އަންގަވާފައެވެ. އަދި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ފަސް ކުރުމަށް އޭއެފްސީއާ މަޝްވަރާ ކުރަށްވާނެ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އާއްމުންގެ ޕްރެޝަރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވެސް މުބާރާތް ބޭއްވުމަށް ނިންމީ ބޮޑު ރިސްކެއް ނަގައިގެން ކަމަށާއި، އެކަމަށް ބެންގަލޫރު ޓީމުން އިހްތިރާމް ނުކުރިކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު