ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑްގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 84 އަށް އަރައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗްގެ އިމަޖެންސީއަށް ރޭ ފަތިހު ގެނައި 51 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ. އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު ވަނީ 84 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިމަހު ރާއްޖެއިން ވަނީ 11 މީހުން މަރުވެފައެވެ. އޭގެ އިތުރުން ރާއްޖެއިން އިއްޔެ އެކަނިވެސް 590 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ކޮވިޑްގެ ހާލުބޮޑުވެ މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށްފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ.

މިވަގުތު 8600 އަށްވުރެ ގިނަ ކޯވިޑް ބަލި މީހުން ރާއްޖޭގައި ތިބިއިރު 230 މީހުން ތިބީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން