ކޯވިޑް ފެސިލިޓީއެއް
ކޯވިޑް ފެސިލިޓީއެއް
ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 2 ޒުވާނުންނަކީ ކޯވިޑް ވެކްސިން ފުރިހަމަ ނުކުރާ މީހުން ކަމަށް ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 230 މީހުންނަށެވެ. އޭގެ ތެރެއިން 4 މީހަކަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައެވެ.

އެކަމާ ގުޅިގެން ޑރ، މުޙައްމަދު ޢަލީ ވިދާޅުވީ، ހޮސްޕިޓަލް އައިސީޔޫ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ 3 މީހަކީ ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ މީހުން ކަމަށާއި، އޭގެ ތެރޭގައި 26 އަހަރާއި 37 އަހަރުގެ މީހުން ހިމެނޭ ކަމަށެވެ. އަދި 56 އަހަރުގެ މީހަކުވެސް ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ޑޮކްޓަރ މިއަދު ވިދާޅުވިއެވެ. ނަމަވެސް މި ތިން މީހުންނަކީވެސް މިހާތަނަށް ވެކްސިން ޑޯޒް ފުރިހަމަ ނުކޮށް ތިބި މީހުން ކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވިއެވެ. އެހެންކަމުން ހާލަތު ބަދަލުކުރުމަށް އަދިވެސް ވެކްސިން ޖެހުމަށް ޑރ މުހައްމަދު އަލީ ވަނީ އިލްތިމާސްކުރައްވާފައެވެ.



މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިޓީގައި ހުރި 171 އެނދު މިހާރު ފުރިފައިވާ ކަމަށާއި، ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީވެސް ފުލްވެފައިވާ ކަމަށެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ހުރި އިމަޖެންސީ އެނދުތައްވެސް ފުރިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މިހާރު ވަނީ ހޮސްޕިޓަލް ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 84 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އައިޝާ

11-May-2021

ވެކްސިން ފުރިހަމަ ކުރެވޭނީ ވެކްސިން ޖަހައިދިނީމަ ދޯ! ކޮވިޝީލްޑް ގެ ދެވަނަ ޑޯޒް ނުލިބި ދެވަނަ ޑޯޒް ޖަހަން އިން މުއްދަތުވެސް ހަމަވަނީ މިހާރު.



ޓްރެންޑިން