ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑް-19 ގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށްދަނީ
ކޯވިޑްގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 85 އަށް އަރައިފިއެވެ.

އެޗްޕީއޭ އިން ބުނީ އައިޖީއެމްއެޗްގެ އިމަޖެންސީއަށް ރޭ ފަތިހު ގެނައި 75 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާކަމަށެވެ. އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު ވަނީ 85 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިމަހު ރާއްޖެއިން ވަނީ 12 މީހުން މަރުވެފައެވެ. އޭގެ އިތުރުން ރާއްޖެއިން އިއްޔެ އެކަނިވެސް 1091 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ކޮވިޑްގެ ހާލުބޮޑުވެ މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓްކޮށްފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ވެސް ވަނީ ފުރިފައެވެ.

މިވަގުތު 9،423 އަށްވުރެ ގިނަ ކޯވިޑް ބަލި މީހުން ރާއްޖޭގައި ތިބިއިރު 250 މީހުން ތިބީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން