ލ. ގަން
ލ. ގަން
ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް 2021 މޭ 10 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަންގަންދެން، ލ. ގަމާއި އދ. މާމިގިލީގައި ކާފިއު އިއުލާނުކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ލ. ގަމާއި އދ. މާމިގިލީގައި މިރެއިން ފެށިގެން ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެ ދެރަށުގައި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށާއި، އެއް އަވަށުން އަނެއް އަވަށަށާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށް ވަނީ އަންގަވާފައެވެ.

ހަމައެއާއެކު އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމަށާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި، ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އަންގަވާފައިވެއެވެ.

އެޗްޕީއޭއިން އަންގަވާފައިވަނީ ފިރާތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ޚިދުމަތް ދިނުމަށާއި، ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަން ޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ އިއްޔެވެސް 1091 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އިންތިޒާމް ކުރުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ވަނީ މަސައްކަތް ފަށްޓަވާފައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން