މާލޭގައި ކޯވިޑަށް ޓެސްޓް ކުރުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ސިއްހީ އޮފިޝަލުން ކުރިއަށް ގެންދަނީ ( ފޮޓޯ ރަސް- ޝާޙް)
މާލޭގައި ކޯވިޑަށް ޓެސްޓް ކުރުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ސިއްހީ އޮފިޝަލުން ކުރިއަށް ގެންދަނީ ( ފޮޓޯ ރަސް- ޝާޙް)
ކޯވިޑް ސާމްޕަލްތަކުގެ ބޮޑު ބެކް ލޮގެއް އެބައޮތް ކަމަށް ރޭގައި އެޗްއީއޯސީންވެސް އެއްބަސްވެފައިވާއިރު ކޯވިޑް ސާމްޕަލްގެ ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއް ވެގެންދާ މައްސަލައިގައި އެންމެ ބޮޑު ހާސްކަމެއް ލިބިފައިވަނީ އަތޮޅު ތަކުގައި ކޮވިޑް ފެތުރޭ ރަށްރަށުގައެވެ. އަތޮޅުތަކުގައި ހަލުއިކަމާއެކު ކޯވިޑް ފެތުރެމުންދާއިރު ބަލި ފެތުރޭ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލް ތަކުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައިވަނީ ކޮވިޑް ޓެސްޓް ކުރުމަށް ނަގާ ސާމްޕަލްގެ ނަތީޖާ ލިބެން ގިނަ ދުވަސް ތަކެއް ނަގާތީއެވެ. މިގޮތުން އެކަކަށް ކޯވިޑް ޖެހިގެން މުޅި ރަށަށް ބަލި ފެތުރި ބައެއް މީހުން ބަލިން ރަނގަޅުވާއިރުވެސް ބަލިފެތުރޭތޯ ބަލަން ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ ފަހަރު އަންނަ ކަމަށް ބައެއް ރަށްރަށުން ބުނެފައި ވެއެވެ.

ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު ޢަޒީޒު ވިދާޅުވީ މިހާތަނަށް ޓެސްޓުނުކުރެވި އަދި ނަތީޖާ ރެކޯޑުނުކުރެވި 3398 ސާމްޕަލް ހަމައެކަނި އައިޖީއެމްއެޗްގައި އެބަހުރި ކަމަށެވެ. އެގޮތަށް ހުރި ބެކްލޮގްތައް ސާފް ކުރަމުން އަންނައިރު އިއްޔެގެ ނިޔަލަށް 5385 ސާމްޕަލް އައިޖީއެމްއެޗްގައި ހުއްޓެވެ. ނަތީޖާއެއްގެ ގޮތުން އިއްޔެ ރާއްޖެއިން ޕޮޒިޓިވްވީ ކަމަށް ރެކޯޑް ކުރެވުނު ޢަދަދު ވަނީ 1091 އަށް އަރާފައެވެ. އެހެންވީމާ މީގެ ސަބަބުން މިހާރު ރާއްޖޭގައި ބަލި ފެތުރެމުގެ އާދަ އޮތްގޮތުގެ ބޮޑު މަންޒަރު މިވަނީ ފޮރުވިފައެވެ.

ރޭ ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، ހުކުރު ދުވަހުން ފެށިގެން ނަގާފައިވާ 3714 ސާމްޕަލާއި، އިއްޔެ އެ ލެބަށް ގެންދެވުނު 1671 ސާމްޕަލް ގެ ނަތީޖާ ސާފްކޮށް ރެކޯޑް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން އެބައްޔަށް ޓެސްޓް ކުރުމާއި، ސާމްޕަލް ނެގުމަށް ސަރުކާރުން ބޮޑު ހޭދައެއް ކޮށްފައިވާއިރު، އެއާއި ބައްދަލު ނަތީޖާއެއް ފެންނަމުން ނުދާކަމުގެ ކަންބޮޑުވުން ޢާއްމުންގެ މެދުގައި ވަނީ ބޮޑުވެފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހުރީ 2800 ސާމްޕަލް ޓެސްޓުކުރުމުގެ ޤާބިލުކަމެވެ. އެއީ އައިޖީއެމްއެޗުން 2000 ސާމްޕަލް އަދި ފުލުހުންގެ ލެބޯޓަރީން 300 ސާމްޕަލް އޭގެ އިތުރަށް ހުޅުމާލެ ލެބުން 500 ސާމްޕަލެވެ. އެހެންވީމާ ސާމްޕަލްތަކުގެ ނަތީޖާ ދުވަހުން ދުވަހަށް ސާފު ނުކުރެވި ބަލީގެ އަސްލު ހާލަތު ދެނެ ނުގަނެވި އަދި އެގާބިލުކަން އިތުރު ނުކުރެވި އޮތުމަކީ ކޮންވެސް ބަޔަކު ޒިންމާ ނަގަން ޖެހޭނެ ވަރަށް ހައްސާސް މައްސަލައެކެވެ.

ރާއްޖޭގައި ކޯވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާއިރު އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35،815 އަށް އަރާފައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 250 މީހުންނަށެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 85 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ނުވަވާރުން ސާންޕަލް ނަގާ

13-May-2021

އަދިވެސް ރޭންޑަމް ސާމްޕަލް ނަގާ.


4

މުލަހަޅަ

12-May-2021

މިކަމުގެ ޒިންމާ އުފުލާނީ ރައްޔިތުން


8

ސަހަރޯއެވެ.

12-May-2021

ދިވެހިންގެ ބުއްދީގެ އުނިކަމާއެވެ.. ބަލިމަޑުކަމެއްގެ ތުހުމަތުގައި އެބަލިދެނެގަތުމަށް ނަގާ ސާމްޕަލް ނުލިބިލަސްވާތީ އެމީހަކު ބޭރަށްނުކުމެ އެކިމީހުނާބައްދަލުކޮށް އާއިލާގެ މީހުންގެ ގާތައް ޒިޔާރަތް ކޮށް މިހަދަނީ މިބަލީގެ ނުރައްކާ ހަމަ ނޭނގޭތީބާއެވެ. ގޭގައި މަޑުން އޮންނަން ޖެހޭނީ ސަރުކަރުން ތިމާގެ ހަތަރެސްފައިފައި ހިލިހިލާ ހެހީމާތޯއެވެ. ވަ ﷲ އަޢްލަމް.



ޓްރެންޑިން