ބ. އޭދަފުށި
ބ. އޭދަފުށި
ކޯވިޑް-19 ގައި ބ. އޭދަފުށިންވެސް މީހަކު މަރުވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭދަފުށިން މިއަދު ބައްޔަށް ޕޮޒިޓިވް ވެފައިވަނީ، ނިޔާވެގެން އެރަށު ހޮސްޕިޓަލަށް ގެންދިޔަ 85 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ބ. އަތޮޅު ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެރަށުން 187 މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާރު އޭދަފުށީގައި ޖުމުލަ 90 މީހަކު ކޮވިޑް ޖެހިފައި އެބަތިއްބެވެ. މި މަރަކީ ކޮވިޑް މަރެއްކަން އެޗްޕީއޭ އިންވެސް ވަނީ ޔަޤީންކޮށްދީފައެވެ.

އޭދަފުށީގެ ތިންހާސް މީހުންގެ އާބާދީގެ ތެރޭގައި ކޯވިޑް ފެތުރެމުންދާއިރު، އެ އަތޮޅުގެ ބައެއް އެހެން ރަށްރަށުންވެސް ކޯވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އެޗްޕީއޭ އިން މިހާރު ވަނީ ޚާއްސަ ފިޔަވަޅުތަކަކާއެކު އެރަށުގައި ކާފިއު އިޢުލާނު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން