ކާފިއު ވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނޭ
ކާފިއު ވަގުތުތަކުގައި ބޭރުގައި އުޅޭ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ފުލުހުން ބުނޭ
އެޗްޕީއޭގެ ފިޔަވަޅުތަކާ ޚިލާފަށް އުޅުނު 267 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނީ އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއުގެ ވަގުތުގައި ބޭރަށް ނިކުމެ އުޅެގެންނާއި އަދި މާސްކު ނާޅައި އުޅުނު 267 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން 116 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު، މާސްކު ނާޅާ މަގުމަތީގައި އުޅެގެން 141 ފަރާތެއް ޖޫރިމަނާ ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މާސްކު އެޅުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. މާސްކު ނާޅާ ބޭރަށް ނިކުންނަ ފަރާތްތަކާއި މާސްކު އެޅުމުގައި އިހުމާލުވާ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ރޭގަނޑު 9 އިން ފަތިހު 4 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން ވެސް އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލޭގައި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގައި މިވަގުތު ކޯވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 10،376 ގައެވެ. މި ބަލީގައި މިހާތަނަށް 87 މީހަކު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން