ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މިރޭ ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޞާލިޙް މިރޭ 19:00 ގައި ގައުމާއި މުހާތަބު ކުރައްވަން ނިންމާފައިވާ ކަމަށާއި، ރައީސްގެ ހިތާބު ޓީވީ ތަކުން ދައްކާނެ ކަމަށެވެ. ނަމަވެސް ރައީސް ގައުމާއި މުހާތަބުކުރައްވަނީ ކޮންކަމަކާއި ގުޅިގެންކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.



ރައީސް ގައުމާއި މުހާތަބުކުރަން ނިންމަވާފައި މިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓު މަޖިލީހުން ހާމަކޮށްފައި ވަނިކޮށެވެ. އަދި ކޮވިޑާގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން