ކޯވިޑް-19 ގެ ނުރައްކާ އަތޮޅުތެރޭގެ ރަށްރަށަށުގައި ބޮޑުވެ، 48 ރަށް ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު 48 ރަށް މޮނިޓަރިންގައި އޮތްއިރު، ރަށްރަށުގައި މިވަގުތުވެސް ދެހާހާއި ގާތްކުރާ ޢަދަދަކަށް ޕޮޒިޓިވް މީހުން އެބަތިއްބެވެ. އަދި މުޅިރާއްޖޭގައި މިވަގުތު ކޯވިޑް-19ގެ 41308 ބަލި މީހުން އެބަތިއްބެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ ތެރެއިން އެޗްޕީއޭއިން އެންމެ ފަހުން ބަންދު ކޮށްފައިވަނީ، ތ. ގުރައިދޫ އާއި ނ. ކެނދިކުޅުދޫއެވެ.
ކެނދިކުޅުދޫ ބަންދުކުރީ މިމަހުގެ އަށްވަނަ ދުވަހު ކެނދިކުޅުދޫން މާލެ ދަތުރުކުރާ މުދާ އުފުލާ ދޯންޏަކުން ފަސް ފަޅުވެރިން ޕޮޒިޓިވްވެ، އެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ބައްޔަށް ޓެސްޓު ކުރި ތިން މީހަކު ޕޮޒިޓިވްވުމުންނެވެ. އަދި ގުރައިދޫ ބަންދު ކޮށްފައިވަނީ، އެ ރަށުން ޑޮކްޓަރަށް ދެއްކުމަށް ލާމު އަތޮޅަށް ދިޔަ ހަތަރު މީހަކު ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.
ކޯވިޑް ޖެހިގެން މިއަދުވެސް ރާއްޖެއިން 3 މީހުން ނިޔާވެފައިވާއިރު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 90 އަށް އަރައިފައެވެ. އެއީ 79 ދިވެހިންނާއި 11 ބިދޭސީންނެވެ. އަދި މި މެއިމަހު އެކަނިވެސް ރާއްޖެއިން ވަނީ 17 މީހުން މި ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު