ކޮވިޑް-19ގައި މިއަދު ހަތަރު ވަނަ މީހަކު ނިޔާވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު މެންދުރު އައިޖީއެމްއެޗަށް ގެންދިޔަ 78 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށާއި، މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 91 ވަނަ މީހާ ކަމަށެވެ. އޭނާ ނިޔާވީ މިއަދު މެންދުރު 12:48 ގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މި މަރާއެކު ރާއްޖެއިން މިއަދު އެކަނިވެސް މިވަނީ ކޮވިޑް ގައި 4 މީހުން ނިޔާވެފައެވެ. އެއީ 80 ދިވެހިންނާއި 11 ބިދޭސީންނެވެ. އަދި މި މަހު އެކަނި މިބަލީގައި މަރުވި މީހުންގެ ޢަދަދު ވަނީ 18 އަށް އަރާފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 41،308 އަށް އަރާފައެވެ. އަދި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 13،784 ގައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 259 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު