ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެ، ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 94 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ، ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންް ފަރުވާ ދެމުންދިޔަ މީހަކު މިއަދު ހެނދުނު 08:45 ހާއިރު މަރުވެފައިވާކަމަށެވެ. އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މިއީ ރާއްޖެެއިން ކޮވިޑްގައި މަރުވި 94 ވަނަ މީހާއެވެ. މި މަހު އެކަނި މިބަލީގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 42،775 އަށް އަރާފައެވެ. އަދި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 15003 ގައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 290 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު