ކޯވިޑް-19 ގައި ޙާލު ސީރިއަސް ވެފައިވާ 7 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދާ ކަމަށް އެޗްއީއޯސީން ހާމަކޮށްފިއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، މި ބަލީގައި 290 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި ވެންޓިލޭޓަރުގައި މި ވަގުތު 7 މީހަކަށް ފަރުވާ ދެމުން ގެންދާ ކަމަށެވެ. މިއީ ރާއްޖޭގައި ބަލީގެ ނުރައްކާ އަދިވެސް ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.
ރާއްޖޭގައި މިވަގުތު އައިސީޔޫގައި ފަރުވާދެމުން ގެންދަނީ ޖުމްލަ 15 މީހަކަށެވެ. އެގޮތުން ޑީއެޗް 11 ގައި 7 މީހަކު އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ އައިސީޔޫގައި 8 މީހަކަށް މިވަގުތު ފަރުވާ ދެމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާ 290 މީހުންގެ ތެރެއިން 244 މީހަކު އެޑްމިޓް ކޮށްފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. އޭގެ އިތުރުން ޑީއެޗް 11 ގައި ހަތް މީހަކު، ޑީއެޗް 17 ގައި ހަ މީހަކު އަދި ޑީއެޗް 16 ގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގައި 11 މީހަކާއި އައްޑޫ ފެސިލިޓީގައި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ. ހަމައެއާއެކު ބ. އޭދަފުށީ ފެސިލިޓީގައި ދެ މީހަކު އަދި ށ. ފުނަދޫ ފެސިލިޓީގައި ހަތް މީހަކަށާއި ލ. ގަން ފެސިލިޓީގައި ހަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާވެފައި ވާއިރު 48 ރަށެއް މިހާރު އޮތީ ބަންދު ކޮށްފައެވެ. ރާއްޖެެއިން ކޮވިޑްގައި 94 މީހުން ނިޔާވެފައިވާއިރު، މި މަހު އެކަނި މިބަލީގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 42،775 އަށް އަރާފައެވެ. އަދި މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 15003 ގައެވެ.

ކިޔުންތެރިންގެ ހިޔާލު