ރާއްޖޭގެ ރަށެއްގެ މިސްކިތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގެ ރަށެއްގެ މިސްކިތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
އައްޑޫ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގަވާފައިވާ ކަމަށެވެ. މި ފިޔަވަޅު އަޅާފައި ވަނީ މިއަދުން ފެށިގެންނެވެ.

އައްޑޫ ސިޓީގައި މިވަގުތު ކޯވިޑް-19 އަށް ޕޮޒިޓިވް 97 މީހުން އެބަތިއްބެވެ. އެގޮތުން ހިތަދޫ ގައި 27 މީހުން، ފޭދޫ ގައި 6 މީހުން، ހުޅުދޫ ގައި 52 މީހުން އަދި މީދޫގައި ބަލިޖެހިފައިވާ 11 މީހުން އެބަތިއްބެވެ. މީގެ އިތުރުން މަރަދޫފޭދޫ ގައިވެސް ބައްޔަށް ޕޮޒިޓިވް މީހަކު އެބަހުއްޓެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގައި ހަވީރު 6:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައި ވާތީ، އެ ވަގުތުތަކުގައި ފިހާރަ، ރެސްޓޯރަންޓް، ކެފޭ، ހޮޓާ، އަދި ގާޑިޔާ ފަދަ ތަންތަނުން ޑެލިވަރީ ނުކުރަން މިހާރު ވަނީ އަންގައިފަ އެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ކޯވިޑް-19 ހަލުވި ދުވެލީގައި ފެތުރެމުން ދާއިރު މިވަގުތުވެސް ރާއްޖޭގެ 48 ރަށެއް ވަނީ ބަންދު ކޮށްފައެވެ. އަދި މި ބަލީގައި މިހާތަނަށް 94 މީހަކު ވަނީ ނިޔާވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން