ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު ތިންވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މިއަދު ތިންވަނައަށް ނިޔާވެފައިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ މިއަދު މެންދުރުފަހު 3:10 ގައެވެ. މިއީ ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި 97 ވަނަ މީހާއެވެ.

މިއަދު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 30 އަހަރުގެ ދިވެހި އަންހެނަކުވެސް ނިޔާވެފައެވެ. އެއީ ރާއްޖެއިން މި ބަލީގައި ނިޔާވި އެންމެ ޢުމުރުން ހަގު މީހާއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން ދެމީހަކު ނިޔާވެފައެވެ. އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 24 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން