ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު ހަތަރުވަނަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި މިރޭ ނިޔާވެފައިވަނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ މިރޭ 10:44 ގައެވެ. މިއީ ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި 98 ވަނަ މީހާއެވެ.
ވޭތުވެދިޔަ 24 ގަޑީއިރު ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ރޭ ދަންވަރު 2:38 ހާއިރު ނިޔާވި އުމުރުން 81 އަހަރުގެ ފިރިހެނަކާއި، މިއަދު 3:10 ގައި ނިޔާވި 83 އަހަރުގެ ދިވެހި ފިރިހެނަކާއި، ފަތިހު 4:30 ގައި ނިޔާވި އުމުރުން 30 އަހަރުގެ އަންހެނެކެވެ. އެ ތިން މީހުންނަކީ ވެސް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހުންނެވެ. އުމުރުން 30 އަހަރުގެ މީހާއަކީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި އެންމެ ހަގު މީހާ އެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން ދެމީހަކު ނިޔާވެފައެވެ. އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 25 އަށް އަރާފައެވެ. އަދި މިއަދު އެކަނިވެސް ވަނީ މިބަލީގައި 47 މީހުން ނިޔާވެފައެވެ.
ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 98 މީހުންގެ ތެރޭގައި ހިމެނެނީ 87 ދިވެހިންނާއި 11 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު