ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ރާއްޖެއިން ކޯވިޑް-19 ގައި މަރުވި މީހުންގެ ޢަދަދު 99 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި މިރޭ ނިޔާވެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލް 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ މިރޭ 00:14 ގައެވެ. މިއީ ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި 99 ވަނަ މީހާއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން ހަތަރު މީހަކު ނިޔާވެފައެވެ. އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 26 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 99 މީހުންގެ ތެރޭގައި ހިމެނެނީ 88 ދިވެހިންނާއި 11 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން