ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ކޯވިޑް ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ
ރާއްޖެއިން ކޯވިޑް-19 ގައި މަރުވި މީހުންގެ ޢަދަދު 100 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި ރޭ ނިޔާވެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލް 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ 56 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ ރޭ ފަތިހު 04:41 ގައެވެ. މިއީ ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި 100 ވަނަ މީހާއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން ހަތަރު މީހަކު ނިޔާވެފައެވެ. އަދި މިމަހުގެ ތެރޭގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 27 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ޖުމުލަ 100 މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި 11 ބިދޭސީންނެވެ. ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން